އިޤްތިޞާދުގެ ޚަބަރަކީ ނަންބަރުތަކެވެ. ނަންބަރެއް ލިޔާ ނަމަ، އެ ނަންބަރު ނެގި ތަން ވެސް ލިޔަމެވެ.
ތަކެތީގެ އަގު، ކުއްޔާއި މުސާރަ، އަދި ކުދި ވިޔަފާރިތަކަށް ލިބޭ އުނދަގޫތައް ބަލަމެވެ. އެއް ނަންބަރު ދެ ތަނަކުން ތަފާތުކޮށް ދައްކާ ނަމަ، ދެ ޢަދަދު ވެސް ލިޔެ، ތަފާތުވާ ސަބަބު ހޯދަން މަސައްކަތްކުރަމެވެ.
ބަޖެޓު ފަދަ ދިގު ލިޔުންތައް ކިޔުންތެރިޔާއަށް ދޭހަވާ ގޮތަށް ކުރުކޮށް، ރަނގަޅު ބަޔާއި ނުރަނގަޅު ބައި ވަކިން ލިޔަމެވެ.