މުބާރާތެއް ބޭއްވުމަށް އެންމެ ބޮޑު ދައްޗަކީ ދަނޑެއް ނެތުން ނުވަތަ ދަނޑުގެ ހާލަތެވެ.
ދެކުނުގެ ރަށްރަށުގެ ދަނޑުތަކާއި ކޯޓުތައް ބަލައި، ކޮންމެ ރަށެއްގެ ހާލަތު ލިޔުނީމެވެ. އަލި ހުރިތޯ، ފެން ހިނދޭތޯ، ފެންސް ހުރިތޯ އަދި ފާޚާނާ ހުރިތޯ ބެލީމެވެ.
މިއީ ފާޑުކިޔުމެއް ނޫނެވެ. މިއީ ލިސްޓެކެވެ. ކައުންސިލްތަކަށް ވެސް، މުބާރާތެއް ބާއްވަން ބޭނުންވާ ޓީމުތަކަށް ވެސް ބޭނުންވާ ލިސްޓެކެވެ. ހާލަތު ބަދަލުވެއްޖެ ނަމަ އާކުރަމެވެ.