ޑޮކްޓަރަކު ރަށަށް ވަޑައިގަންނަވާ ދުވަސް، ނުވަތަ ޚިދުމަތެއް މެދުކެނޑޭ ދުވަސް އެނގުމަކީ ރަށެއްގައި ބޮޑު ކަމެކެވެ.
އެހެންކަމުން ޞިއްޙީ މަރުކަޒުތަކުގެ ޝެޑިއުލްތައް ހަފްތާއަކު އެއް ފަހަރު އެއް ތަނެއްގައި ލިޔަމެވެ. ޚިދުމަތެއް މެދުކެނޑިއްޖެ ނަމަ، އެކަން ވެސް ލިޔަމެވެ.
އަހަރެމެން ޞިއްޙީ ލަފައެއް ނުދެމެވެ. ބަލިމަޑުކަމަކާ ބެހޭ ލިޔުމެއް ނަމަ، ލިޔަނީ ޞިއްޙީ މަރުކަޒުން ދެއްވާ މަޢުލޫމާތެވެ. އަދި އެ މަޢުލޫމާތު ދެއްވި ފަރާތުގެ ނަން ޖަހަމެވެ.