މަސްވެރިންގެ ފަރާތުން އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ކިރުވުމުގެ ދަތިކަމެވެ. އެ ޝަކުވާ ހަފްތާއަކު އެއް ފަހަރު ލިޔުމުގެ ބަދަލުގައި، ސަބަބު ހޯދަން ނިންމީމެވެ.
ހަތް ލިޔުމުގެ ސިލްސިލާއެއްގައި، ކިރާ ތަންތަނުގެ ކެޕޭސިޓީ، އައިސް ލިބޭ ގޮތް، އަދި ބޯޓުތަކުގެ ދަތުރުތައް ބެލީމެވެ. ދެ ފަރާތުގެ ބަސް ވެސް ހިމެނީމެވެ.
ސިލްސިލާ ނިންމާލީ ކޮންމެ ހަފްތާއަކު އާކުރާ އަގުގެ ތާވަލަކުންނެވެ. އެ ތާވަލު މިހާރު ވެސް ނޫހުގައި ޖަހަމެވެ.