ބައެއް ކަންކަން އެއް ދުވަހުގެ ޚަބަރަކަށް ނުފެތެއެވެ. ލިޔުންތަކާއި ތަފާސް ހިސާބުތައް ހޯދައި، ގިނަ ބަޔަކާ ބައްދަލުކޮށްގެން ނޫނީ ސާފުނުވާ ކަންކަމެވެ.
މިފަދަ ރިޕޯޓެއް ފަށާއިރު ސުވާލެއް ލިޔެ، އެ ސުވާލަށް ޖަވާބު ނުލިބިއްޖެ ނަމަ ރިޕޯޓު ނުޖަހަމެވެ. ޖަހާ ނަމަ، ހޯދުނު އެއްޗާއި ނުހޯދުނު އެއްޗެއް ވަކިން ލިޔަމެވެ.
ތަޙުޤީޤީ ރިޕޯޓެއްގެ ކޮންމެ ލިޔުމެއް، ޝާއިޢުކުރުމުގެ ކުރިން ބަޔާންވާ ފަރާތްތަކަށް ދައްކައި، ޖަވާބު ދޭން ފުރުޞަތު ދެމެވެ.